ޚަބަރު

ގއ. ކޮލަމާފުށީގައި ރައްކާތެރި ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

20 ފެބްރުއަރީ 2017

ގއ.ކޮލަމާފުށީގައި ރައްކާތެރި ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
އެންމެނަށް ރައްކާތެރި ސާފު ފެނާއި ނަރުދަމާ ޔަޤީން ކޮށްދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނޭ ނިޒާމެއް ގއ.ކޮލަމާފުށީގައި ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.

ގއ.ކޮލަމާފުށީގެ ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ކުރިޔަށް ގެންދަވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން، މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އާއި ހަވާލުކޮށްގެންނެވެ. މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރެވިފައިވަނީ 11 މެއި 2016 ގައެވެ. މި މަޝްރޫޢަކީ ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަގަކީ 56,584,710.39ރ. (ފަންސާސް ހަމިލިޔަން، ފައްސަތޭކަ އައްޑިގަ ހަތަރުހާސް، ހަތް ސަތޭކަ ދިހަ ރުފިޔާ ތިރީސް ނުވަ ލާރި) ދިވެހި ރުފިޔާއެވެ.

މިމަޝްރޫޢުގެ ދަށުން 7.1 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް ޤާއިމުކުރެވޭނެއެވެ. އަދި 86 ޓަނުގެ 02 ޑީސެލިނޭޝަން ޕްލާންޓު ބެހެއްޓޭނެ އަދި މިޕްލާންޓްތަކުން ފެން އުފައްދުމަށް 794 ޓަނުގެ ތާންގީއަކާއި ފެން ރައްކާކުރުމަށް 521 ޓަނުގެ ތާނގީއެއް ބެހެއްޓޭނެއެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން 5.7 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކުރެވޭނެއެވެ. އަދި 250 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް (މުސްތަޤްބަލުގައި 500 ޓަނަށް އިތުރުކުރެވޭނެ) ބެހެއްޓޭނެ. މި މަޝްރޫޢު ނިމޭއިރު ފެނުގެ ޒަމާނީ ނިޒާމަކާއި ނަރުދަމާގެ ޚިދުމަތް ޤާއިމްވެ 329 ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓައިދެވޭނެއެވެ.