ޚަބަރު

ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމަށް މީހުން ހޭލުންތެރިކުރުވުމަށް ޤައުމީ ފެންވަރުގައި ފަށާ ކެމްޕެއިން

23 މާޗް 2017

ދުނިޔޭގެ ފެނުގެ ދުވަސް 22 މާރޗް 2017 ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ކުރިޔަށްގެންދާ އެކި އެކި ހަރަކާތްތަކުގެ ތެރެއިން ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމަށް މީހުން ހޭލުންތެރިކުރުވުމަށް ޤައުމީ ފެންވަރުގައި ފަށާ ކެމްޕެއިން ވަނީ އިފްތިތާހުކުރެވިފައި.
މި ކެންޕޭންގައި މައިގަޑު 5 ކަމެއްގެ ދަށުން ހަރަކާތްތައް ކުރިއަށްގެންދިއުމަށް ރޭވިފައިވޭ

1. ފެނާއި ނަރުދަމާގެ ދާއިރާގައި މަސައްކަތްކުރާ ޤައުމީ އިދާރާތަކާ އެހީދޭ ޖަމްއިއްޔާ ޖަމާއަތްތަކާއި ގުޅިގެން މަސައްކަތް ކުރުން
2. ފެނުގެ ވަސީލަތްތަކާ ފެނާއި ނަރުދަމާގެ ނިޒާމުތަކާ ގުޅޭގޮތުން ސްކޫލް ކުދިންނާ ޒުވާނުންގެ ހޭލުންތެރިކަން އިތުރުކޮށް ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ބާރުއެޅުމާއި ބައިވެރިވުން ހޯދުން
3. ފެނުގެ ވަސީލަތްތަކާ ފެނާއި ނަރުދަމާގެ ނިޒާމުތައް ބެލެހެއްޓުމަށް ފަރުދީފެންވަރެއްގައި ކުރެވިދާނެ ކަންތައްތަކާމެދު އާންމު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން.
4. ވިޔަފާރިވެރިންނާއި، މުވައްސަސާތަކާއި ސިނާއީ މަސައްކަތްކުރާ ފަރާތްތައް ފެނާއި ނަރުދަމާގެ ނިޒާމު ހެޔޮގޮތުގައި ބޭނުންކުރުމުގައި ބައިވެރިކުރުވުން
5. ފެނާއި ނަރުދަމާގެ ދާއިރާ ކުރިއެރުވުމާ ތަރައްޤީކުރުމަށް ގައުމީފެންވަރުގައި އެންމެންގުޅިގެން މަސައްކަތް ކުރުން