ޚަބަރު

މިނިސްޓްރީގެ ފެހިފަހި ކްލަބުން އިސްނަގައިގެން މިނިސްޓްރީގެ ސްޓާފުންނަށާއި ސްޓާފުންގެ އާއިލާގެ ބޭފުޅުންނަށް އެޗް.ވަން.އެން 1 ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ބާއްވައިފި

5 އޭޕްރިލް 2017

މިނިސްޓްރީގެ ފެހިފަހި ކްލަބުން އިސްނަގައިގެން މިނިސްޓްރީގެ ސްޓާފުންނަށާއި ސްޓާފުންގެ އާއިލާގެ ބޭފުޅުންނަށް އެޗް.ވަން.އެން 1 ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް މިއަދު މި މިނިސްޓްރީގައި ބާއްވައިފިއެވެ. މި ޕްރޮގްރާމުގައި މިނިސްޓްރީގެ ސްޓާފުންނާއި ސްޓާފުންގެ އާއިލާގެ ބޭފުޅުން ހިމަނައިގެން ޖުމްލަ 293 ބޭފުޅުންނަށް ވަނީ ވެކްސިން ޖަހައިދީފައެވެ.

މިއީ މިހާރު ފެތުރެމުންދާ ބަލިމަޑުކަމުން ރައްކާތެރިވުމަށް މިނިސްޓްރީގެ ފެހިފަހި ކްލަބުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.