ޚަބަރު

އދ. ދިގުރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޑިޒައިން މަސައްކަތް ކުރުމަށް އެމް.އޯ.ޔޫ ގައި ސޮއިކޮށްފި

19 އޭޕްރިލް 2017

އދ. ދިގުރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޑިޒައިން މަސައްކަތް ކުރުމަށް އެމް.އޯ.ޔޫ އެއްގައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ (އެމް.ޑަބްލިޔު.އެސް.ސީ.) އާއި މި މިނިސްޓްރީއާއި ދެމެދު މިއަދު ސޮއިކޮށްފިއެވެ. މި އެމް.އޯ.ޔޫ ގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެމް.ޑަބްލިއު.އެސް.ސީ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ފަޒުލް ރަޝީދެވެ.

މިއީ އެމް.ޑަބްލިއު.އެސް.ސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ހިންގޭ މަސައްކަތެކެވެ. މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އދ.ދިގުރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ސާރވޭ އަދި ޑިޒައިންކުރުމުގެ ހުރިހާ މަސައްކަތެއް ކުރެވިގެން ދާނެއެވެ.