ޚަބަރު

ހއ، ހދ އަދި ށ އަތޮޅުގެ 15 ރަށަކަށް ޑަސްބިނާއި ކާދު ހެދުމަށް ބޭނުންކުރާ އާލާތްތައް ސަޕްލައިކޮށް ޑެލިވަރ ކުރުމަށް ބަޔަކާ ޙަވާލުކޮށްފި

27 އޭޕްރިލް 2017

ހއ، ހދ އަދި ށ އަތޮޅުގެ 15 ރަށަކަށް ޑަސްބިނާއި ކާދު ހެދުމަށް ބޭނުންކުރާ އާލާތްތައް ސަޕްލައިކޮށް ޑެލިވަރ ކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ނިއޯ މެޑް މޯލްޑިވްސް އާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޢަލީ އާމިރެވެ. އަދި ނިއޯ މެޑް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހުސެއިން ރަޝީދެވެ.

މި މަޝްރޫޢުއަކީ ދިވެހި ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 1,632,607.23 ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 04 މަސްދުވަހުގެ ތެރޭގައެވެ.