ޚަބަރު

ށ. މަރޮށީގައި ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި

29 މެއި 2017

ށ. މަރޮށީގައި ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެކުއަރމެރިން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެކުއަރމެރިން ހޮލިޑޭސް ޕްރައިވެޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ރަހުމާން މުޖުތަބާ އާދަމެވެ.
މި މަސައްކަތުގެ ޖުމްލަ އަގަކީ 898,010.63ރ ( އަށްލައްކަ ނުވަދިހައަށްހާސް ދިހަ ރުފިޔާ ފަސްދޮޅަސް ތިންލާރި) ދިވެހި ރުފިޔާއެވެ. މިއީ ސަރުކާރުގެ ޕަބްލިކް ސަރވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އަދި މި މަސައްކަތުގެ މުއްދަތަކީ 90 ދުވަހެވެ.