ޚަބަރު

ހއ. ބާރަށުގެ ނަރުދަމާ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް އެސް.ޖޭ ކޮންސްޓަރްކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އެންޑް ނޯތް ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (ޖޭވީ) އާއި ޙަވާލު ކޮށްފި

21 ޖޫން 2017

އެކަށީގެންވާ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ހއ. ބާރަށުގައި ނަރުދަމާގެ ނިޒާމު ޤާއިމް ކުރުމުގެ އެއްބަސްވުމުގެ ލޭބަރ ވޯކްސްގެ ކޮންޓްރެކްޓުގައި މި މިނިސްޓްރީއާއި އެސް.ޖޭ ކޮންސްޓަރްކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އެންޑް ނޯތް ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (ޖޭވީ) އާއި ދެމެދު މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެސް.ޖޭ ކޮންސްޓަރްކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އެންޑް ނޯތް ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (ޖޭވީ)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލްފާޟިލް ޝިހާދު އިބްރާހީމެވެ.
މި މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދު ކޮށްގެން ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢު އެސް.ޖޭ ކޮންސްޓަރްކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އެންޑް ނޯތް ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (ޖޭވީ) އާއި ޙަވާލު ކުރެވިފައިވަނީ 15,779,843.97 (ފަނަރަ މިލިއަން ހަތްސަތޭކަ ހަތްދިހަ ނުވަހާސް އަށް ސަތޭކަ ސާޅީސް ތިން ރުފިޔާ ނުވަދިހަ ހަތްލާރި) އަށެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 12 މަސް ދުވަހެވެ.