ޚަބަރު

ހދ. ނޮޅިވަރަންފަރުގައި ރަށު ފެންވަރުގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފި

28 ސެޕްޓެމްބަރ 2017

ހދ. ނޮޅިވަރަންފަރުގައި ރަށު ފެންވަރުގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އައި.އެސް.އެފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޢަލީ އާމިރެވެ. އަދި އައި.އެސް.އެފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކަޓިވް އޮފިސަރ (ސީ.އ.އޯ) އަލްފާޟިލް މުޙައްމަދު އިލްހާމެވެ.

މި މަޝްރޫޢުއަކީ ދިވެހި ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އަދި މި މަސައްކަތުގެ ޖުމްލަ އަގަކީ 1,077,713.83 (އެއް މިލިއަން ހަތްދިހަ ހަތް ހާސް ހަތް ސަތޭކަ ތޭރަ ރުފިޔާ އަށްޑިހަ ތިން ލާރި) ދިވެހި ރުފިޔާއެވެ.

މި މަޝްރޫޢު ނިންމުމަށް ކަނޑައެޅިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައެވެ.