ޚަބަރު

ގައުމީ ޔުނިވަރސިޓީގެ ކޯސްތަކުގައި އިމާރާތްކުރުމުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހިމަނަނީ

10 އޮކްޓޯބަރ 2017

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ހިންގާ ޑިގްރީ ފެންވަރުގެ އަރކިޓެކްޗަރ ކޯހުގެ މުގައްރަރު މުރާޖާކޮށް, އެ ކޯހުގެ މުގައްރަރުގައި އިމާރާތްކުރުމުގައި ތިމާވެއްޓާއި ރަހްމަތްތެރި ގޮތްތައް ހިމެނުމަށާއި މާސްޓާސް ފެންވަރުގެ އަރކިޓެކްޗަރ ކޯހެއްގެ މުގައްރަރު ތައްޔާރުކުމަށް ޔުޓިލިކޯ ޕްރިވެޓް ލިމިޓެޑާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފާރަތުން ސޮއި ކުރެއްވީ އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީގެ ޑީން އަލްފާޟިލް ޢާނިމް މުޙައްމަދެވެ. ޔުޓިލިކޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް ޢަލީ އަޙްސަން މުޙައްމަދެވެ.

މި މަސައްކަތަކީ މި މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއިއެކު 20 ޖޫން 2016 ގައި ސޮއިކުރި ފަހުމްނާމާގެ ދަށުން “ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް” ޕްރޮޖެކްޓުގެ އެހީގައި ކުރިއަށްގެންދާ މަސައްކަތެކެވެ.