ޚަބަރު

ކުނިމެނޭޖުކުރުމާ ގުޅޭގޮތުން ބާއްވާ ސާފު ރާއްޖެ މަހާސިންތާ ކޮންމެ އަހަރަކު އޮންނާނެ

14 ޖުލައި 2016

ދިވެހިރާއްޖޭގެ ކުނީގެ ޙާލަތު ހަރުދަނާ ކުރުމަށް މި މިނިސްޓްރީން ފަށާފައިވާ “ސާފު ރާއްޖެ އިނީޝިއޭޓިވް” ގެ ދަށުން ކޮންމެ އަހަރަކު އެއްފަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށް ކުނި މެނޭޖުކުރުމުގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރު މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ 16 ޖުލައި 2016 އިން 19 ޖުލައި 2016 އަށް ދަރުބާރުގޭގައެވެ. މި މަހާސިންތާގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ތަމްސީލުކުރާ ޑެލިގޭޓުންނާއި، ކޮންމެ އަތޮޅު ކައުންސިލެއް ތަމްސީލުކުރާ ޑެލިގޭޓުންގެ އިތުރުން، ކަމާއި ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި ޖަމްޢިއްޔާތަކުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި މަހާސިންތާއަކީ ދިވެހިރާއްޖޭގައި ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން ބޭއްވޭ އެންމެ ބޮޑު މިފަދަ ބައްދަލުވުމެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަހާސިންތާއާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.