ޚަބަރު

މެނޭޖްޑް އެކުއިފަޔަރ ރިޗާޖް ތަމްރީނު ޕްރޮގްރާމު ބާއްވައިފި

21 ޖުލައި 2016

ރާއްޖޭގެ ފެނާގުޅޭ މުއައްސަސާތަކަށް އަމާޒުކޮށްގެން “މެނޭޖްޑް އެކުއިފަޔަރ ރިޗާރޖް” ގެ ނަމުގައި ޓްރެއިންނގ އެއް މި މަހުގެ 19ން 21އަށް ބާއްވައިފިއެވެ. މި ޓްރެއިނިންގ ގައި މިނިސްޓްރީ އޮފް އެނަވަޔަރަންމަންޓް އެންޑް އެނަރޖީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ އިތުރުން ޔޫޓިލިޓީ ކުންފުނިތަކާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އަދި ޔުނައިޓެޑް ނޭޝަންސް ފޮރ އޮފީސް ޕްރޮޖެކްޓް ސަރވިސަސް (ޔުނޮޕްސް) އިން ވަނީ ބައިވެރިވެފައެވެ.

މިއީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ޔުނޮޕްސް ގުޅިގެން ރާއްޖޭގައި ހޫނު ދުވަސްވަރު ފެނަށް ޖެހުމުގެ ދަތިކަން ދިމާވަމުންދާތީ އެކަމަށް ލިބޭނެ ހައްލުތަކާ ގުޅޭގޮތުންނާއި ކުރެވޭނެ ކަންތަކާއި ގުޅޭނެ ގޮތުން މަޢުލޫމާތު ދިނުމުގެ ގޮތުން ބޭއްވި ޓެރެއިނިންގ ކޯހެކެވެ.