ޚަބަރު

ރ. މީދޫ ކުނިކޮށި އަޕްގްރޭޑް ކުރުމަށް ބަޔަކާ ހަވާލުކޮށްފި

8 އޯގަސްޓް 2016

ރ. މީދޫ ކުނިކޮށް އަޕްގްރޭޑް ކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އައި.އެސް.އެފް ކޮންސްޓްރަކްޝަން ޕަރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އައި.އެސް.އެފް ކޮންސްޓްރަކްޝަން ޕަރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އަލްފާޟިލާ އިހުސާނާ ޝަރީފެވެ.

މި މަސައްކަތަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. އަދި މިމަސައްކަތުގެ ޖުމްލަ އަގަކީ 411،142.50 (ހަތަރު ލައްކަ އެގާރަ ހާސް އެއްސަތޭކަ ސާޅިސް ދެ ރުފިޔާ ފަންސާސް ލާރި) އެވެ.