ޚަބަރު

ބ. ކުޑަރިކިލު ކުނިކޮށި އަޕްގްރޭޑް ކުރުމަށް ބަޔަކާ ހަވާލުކޮށްފި

8 އޯގަސްޓް 2016

ބ. ކުޑަރިކިލު ކުނިކޮށް އަޕްގްރޭޑް ކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އައި.އެސް.އެފް ކޮންސްޓްރަކްޝަން ޕަރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އައި.އެސް.އެފް ކޮންސްޓްރަކްޝަން ޕަރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އަލްފާޟިލާ އިހުސާނާ ޝަރީފެވެ.

މި މަސައްކަތަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. އަދި މި މަސައްކަތުގެ ޖުމްލަ އަގަކީ 422.00،582 (ހަތަރު ލައްކަ ބާވީސް ހާސް ފަސް ސަތޭކަ އަށްޑިހަ ދެ ރުފިޔާ) އެވެ.