ޚަބަރު

ގއ. މާމެންދޫ ކުނިކޮށި ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފި

8 އޯގަސްޓް 2016

ގއ. މާމެންދޫ ކުނިކޮށި ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށަފައިވަނީ ބްރޯހޫޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ބްރޯހޫޑް ކޮންސްޓްރަކްޝަން ޕަރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަހުމަދު ނައީމެވެ.

މި މަސައްކަތަކީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭ.އެފް.ޑީ) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. އަދި މި މަސައްކަތުގެ ޖުމްލަ އަގަކީ 1,115,620.20ރ (އެއްމިލިއަން އެއްލައްކަ ފަނަރަހާސް ހަސަތޭކަ ވިހި ރުފިޔާ ވިހި ލާރި) އެވެ.