ޚަބަރު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ދުނިޔޭގެ ދިރޭތަކެތީގެ ދުވަސް ފާހަގަކޮށްފި

22 މެއި 2018

މި މިނިސްޓްރީއިން މިއަދު ދުނިޔޭގެ ދިރޭތަކެތީގެ ދުވަސް ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުން އޮތީ އެކަމަށްޓަކައި މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަބްދުﷲ ޒިޔާދެވެ.

މި އަހަރުގެ ދިރޭތަކެތީގެ ދުވަހާއި ގުޅޭގޮތުން ސްކޫލްތަކުގެ ކުދިންނަށް އަމާޒުކޮށްގެން ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތުގެ ވަނަވަނައަށް އައި ކުދިންނަށް މި ރަސްމިއްޔާތުގައި ވަނީ އިނާމު ދީފައެވެ. އަދި މިނިސްޓްރީގެ ނޫސް މަޖައްލާ “ޕެމްފިސް” މި ރަސްމިއްޔާތުގައި ވަނީ ނެރެފައެވެ. މި ނޫސް މަޖައްލާ ނެރެދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަބްދުﷲ ޒިޔާދެވެ.

މި އަހަރުގެ ދިރޭތަކެތީގެ ދުވަހާއި ގުޅޭގޮތުން ބޭއްވި މަޒުމޫނު މުބާރާތަކީ މި އހަރުގެ 18 މާރިޗް އިން 18 އޭޕްރީލް އަށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތުން ވަނަވަނައަށް އަދި ދަރިވަރުންނަށް ސެޓްފިކެޓް، ހަނދާނީ ލިޔުން އަދި އިނާމު ބައްސަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޢަބްދުﷲ ޒިޔާދު އަދި ޕާރަމަނަންޓް ސެކްރެޓަރީ އަލްފާޟިލް އަޖުވަދު މުޞްޠަފާ އެވެ.

މި މުބާރާތުން ވަނަވަނައަށް އަދި ދަރިވަރުންނަކީ:
މުޅި މުބާރާތުން 1ވަނަ: ޝައުނާ ރަޝީދު/ އަލް މަދްރަސަތުލް މުނައްވަރާ
ލިޔުނު މަޒުމޫނުގެ މައުޟޫއު: މެރިން އެންޑް ކޯސްޓަލް ބަޔޯޑައިވަރސިޓީ- ނެޗުރަލް ކެޕިޓަލް އޮފް މޯލްޑިވްސް

1-ވަނަ ރަނަރ އަޕް: އައިޝަތު ޔަޝާ އަހުމަދު/ ކަލާފާނު ސްކޫލް
ލިޔުނު މަޒުމޫނުގެ މައުޟޫޢު: ކްލައިމެޓް ޗޭންޖް އެންޑް ދަ މެރިން އެންޑް ކޯސްޓަލް ބަޔޯޑައިވަރސިޓީ

2 ވަނަ ރަނަރ އަޕް: ސަޚާ މުއާވިޔަތު/ ނޮޅިވަރަމް ސްކޫލް
ލިޔުނު މަޒުމޫނުގެ މައުޟޫއު: ތްރެޓްސް ޓު މެރިން އެންޑް ކޯސްޓަލް ބަޔޯޑައިވަރސިޓީ

2 ވަނަ ރަނަރ އަޕް : ރައްޔާ މުނީޒް/ ނޮޅިވަރަމް ސްކޫލް
ލިޔުނު މަޒުމޫނުގެ މައުޟޫއު: ދަ ކޮރަލް ރީފްސް އިން މޯލްޑިވްސް އާރ ބްލީޗިންގ- ކޭން އިޓް ބީ
ސޭޥްޑް؟
2 ވަނަ ރަނަރ އަޕް: ޖައްނަތު ޖަޥާދު/ ކަލާފާނު ސްކޫލް
ލިޔުނު މަޒުމޫނުގެ މައުޟޫއު: އެންޖޯއިންގ މެރިން އެންޑް ކޯސްޓަލް ބަޔޯޑައިވަރސިޓީ އޮފް ދަ މޯލްޑިވްސް ފޯރ ދަ ލާސްޓް 25 ޔިއަރސް
2 ވަނަ ރަނަރ އަޕް: އާއިޝަތު ހަމްނާ ސަޢީދު/ތާޖުއްދީން ސްކޫލް
ލިޔުނު މަޒުމޫނުގެ މައުޟޫއު: މެރިން އެންޑް ކޯސްޓަލް ބަޔޯޑައިވަރސިޓީ އެންޑް ދަ އިކޮނޮމީ އިން މޯލްޑިވްސް

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނސްޓަރ އަލްފާޟިލް ޢަބްދުﷲ ޒިޔާދު ވަނީ މި އަހަރުގެ ދިރޭތަކެތީގެ ދުވަހާއި ގުޅޭގޮތުން ހުޅުވާލި މަޒުމޫނު މުބާރާތަށް ސްކޫލްތަކުން ލިބުނު އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު ދަންނަވާފައެވެ.