ޚަބަރު

ފޯނުކޮށްގެން ކުނި ބަލާ އައުމުގެ ޚިދުމަތް އިފްތިތާޙުކުރެވިއްޖެ

14 އޯގަސްޓް 2016

މާލޭގައި ގުޅައިގެން ކުނި އުފުލުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ފަރާތުން ޕިކަޕް ސަރވިސް މިއަދު ލޯންޗުކޮށްފިއެވެ. ޕިކަޕް ސަރވިސް ލޯންޗުކުރުމުގެ ރަސްމިއްޔާތު އޮތީ މިނިސްޓްރީ އޮފް އެނަވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ. މި ޚިދުމަތް ލިބިގަތުމަށް ކަސްޓަމަރުންނަށް ކޮންމެ ދުވަހެއްގެވެސް މެންދުރު 14:00 އިން 22:00 އާ ދެމެދު ގުޅައިގެން ޕިކަޕް ހަމަޖެއްސޭނެއެވެ. މި ޚިދުމަތުގެ އަގަކީ 250 ދިވެހި ރުފިޔާއެވެ. އަދި 1.5 ޓަނުގެ ލޮރީގެ އަގަކީ 550 ދިވެހި ރުފިޔާއެވެ. މި ޚިދުމަތުގެ ދަށުން ކޮންމެ ދުވަހަކުވެސް މާލޭގެ ގެތަކުގެ ކުނި އުފުލައިދެވޭނެއެވެ.
މި ޚިދުމަތް ހޯދުމަށް ގުޅާނެ ހޮޓްލައިން ނަމްބަރަކީ 1666 އެވެ.