ޚަބަރު

ގދ. ނަޑައްލާ ކުނި މެނޭޖުކުރާ މަރުކަޒު ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

14 އޯގަސްޓް 2016

ގދ. ނަޑެއްލާ ގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. މިގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އައި.އެސް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އައި.އެސް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އަލްފާޟިލާ މަރިޔަމް ލިއުޝާއެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 971,942.39ރ. (ނުވަލައްކަ ހަތްދިހަ އެއްހާސް ނުވަސަތޭކަ ސާޅީސް ދެ ރުފިޔާ ތިރީސް ނުވަ ލާރި) އެވެ.