ޚަބަރު

ގދ. ހޯޑެއްދޫ ކުނި މެނޭޖުކުރާ މަރުޒަކު ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

14 އޯގަސްޓް 2016

ގދ.ހޯޑެއްދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. މިގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އައި.އެސް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އައި.އެސް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އަލްފާޟިލާ މަރިޔަމް ލިއުޝާއެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 1,078,965.39 ރ (އެއްމިލިއަން ހަތްދިހަ އަސްހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ތިރީސް ނުވަ ލާރި) އެވެ.