ޚަބަރު

ލ. ގަން ކުނި މެނޭޖުކުރާ މަރުކަޒުގައި ކުނި އަންދާ އިންސިނެރޭޓަރެއް ހެދުމަށް ބަޔާކާ ޙަވާލުކޮށްފި

14 އޯގަސްޓް 2016

ލ. ގަން ކުނި މެނޭޖްކުރާ މަރުކަޒުގައި ކުނި އަންދާ އިންސިނެރޭޓަރެއް ބިނާކުރުމަށް ބަޔާކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކުރީ އިންޓަރލޮކް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން މި ކޮންޓްރެކްޓުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އިންޓަރލޮކް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުﷲ ޝަރީފެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 976،155.11 (ނުވަލައްކަ ހަތްދިހަ ހަ ހާސް އެއް ސަތޭކަ ފަންސާސް ފަސް ރުފިޔާ އެގާރަ ލާރި) އެވެ.