ޚަބަރު

ސްޓްރެންތެނިން ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް ޕްރޮޖެކްޓުގެ ތިންވަނަ ސްޓިއަރިންގ ކޮމިޓީ ބަދަލުވުން ބާއްވައިފި

5 އޭޕްރިލް 2018

ސްޓްރެންތެނިން ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް ޕްރޮޖެކްޓުގެ ތިންވަނަ ސްޓިއަރިންގ ކޮމިޓީ ބައްދަލުވުން ބާއްވައިފިއެވެ. މިއަދު ހެނދުނު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓްރީ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް އަބްދުﷲހި މަޖީދެވެ. މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް އެނަރޖީ އޮތޯރިޓީއާއި މިނިސްޓްރީގެ ކަމާއި ގުޅުންހުރި ޑިޕަރޓްމަންޓް ތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުވުމުގައި، ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީއެމްޔޫ) އިންވަނީ ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރާއި ގުޅޭގޮތުން ކޮމިޓީގެ މެމްބަރުނަށް މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ. މި ބައްދަލުވުމަގައި 2018 ވަނަ އަހަރަށް ތާވަލުކޮށްފައިވާ ޕްރޮޖެކްޓުގެ މަސައްކަތު ތާވަލު ވަނީ ޕީއެމްޔޫއިން ހުށަހެޅި ގޮތަށް ފާސްވެފައެވެ.

ސްޓްރެންތެނިން ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް ޕްރޮޖެކްޓަކީ ހަކަތަ ސަމަކާރަ ގޮތަތައް ކުރިއަރުވައި، އިމާރާތްތަކުގެ ދާއިރާއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށް ކުރިއަށްގެންދާ މަޝްރޫއު އެކެވެ. މި މަޝްރޫޢުއަކީ އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓު ސަމާނަކީ އެނަރޖީ އެފިޝަންޓް (ހަކަތަ ސަމަކާރަ) ތަކެއްޗަށް ހެދުމަށް ބާރުއެޅުމާއި ރާއްޖޭގެ ބާޒާރުގައި ވިއްކާ ކަރަންޓު ސާމާނަކީ ހަކަތަ ސަމަކާރަ ތަކެއްޗަށް ހެދުމަށް ބާރުއެޅުމާއި އިމާރަތް ކުރުމުގައި ހަކަތަ ސަމަކާރަ އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.