ޚަބަރު

ނެޝަނަލް އެކްޝަން ޕްލޭން އޮން އެއަރ ޕޮލިއުޓަންޓްސް” ގެ ސްޓޭކްހޯލްޑަރ އެންޑޯޒްމަންޓް ބައްދަލުވުން ބާއްވައިފި

25 އޭޕްރިލް 2019

ރާއްޖޭގައި ވައި ތަޣައްޔަރުކުރާ މާއްދާތަކުގެ މިންވަރު ދެނެގަތުމަށް “ލޯންގ ރޭންޖް އެނަރޖީ އޯލްޓަނޭޓިވްސް ޕްލޭނިންގ “ސޮފްޓްވެއަރ މެދުވެރިކޮށްގެން ތައްޔާރުކުރާ “ނެޝަނަލް އެކްޝަން ޕްލޭން އޮން އެއަރ ޕޮލިއުޓަންޓްސް” އާއި ބެހޭ ސްޓޭކްހޯލްޑަރ އެންޑޯސްމަންޓް ބައްދަލުވުމެއް މިއަދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގައި ބާއްވައިފިއެވެ. މި ބައްދަލުވުން އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ ހުސެން ރަޝީދު ހަސަނެވެ.

“ނެޝަނަލް އެކްޝަން ޕްލޭން އޮން އެއަރ ޕްލޫޓަންޓްސް” އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް އެއަރ ޕޮލިއުޝަންގެ ބޭސްލައިން ޑޭޓާ އަންދާޒާ ކުރުމަށް އެކުލަވާލެވުނު މިފަދަ ރިޕޯޓެވެ. މިރިޕޯޓުން ބްލެކް ކާބަން، ކާބަން މޮނޮކްސައިޑް، ނައިޓްރަސް އޮކްސައިޑް، ސަލްފަރ ޑައިއޮކްސައިޑް، ޕާޓިކއިއުލޭޓް މެޓަރ، ގްރައުންޑް ލެވަލް އޯޒޯން، އަދި އެހެނިހެން އެއަރ ޕޮލިއުޓަންޓް ތަކުގެ ބޭސްލައިން މިންވަރުތައް އަންދާޒާކުރެވި، މި މާއްދާތައް ޖައްވަށް ބޭރުވާ ސެކްޓަރތައް ފާހަގަކޮށް، ކުރިޔަށް އޮތް އަހަރުތަކުގައި މިމާއްދާތައް އިތުރުވެގެންދާނެ މިންވަރު ލަފާކުރެވެއެވެ. އަދި ވައި ތަޣައްޔަރުކުރާ މާއްދާތައް މަދުކުރުމަށް އެޅިދާނެ ފިޔަވަޅުތަކުން ލިބޭނެ ފައިދާ ކުއަންޓިފައި ކޮށްދެއެވެ

މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާ ގުޅޭ ވުޒާރާތަކުން ބައިވެރިވެވަޑައިންނެވިއެވެ