ޑިޕާޓްމަންޓްތައް

އެންވަޔަރަންމަންޓް

  • އިޞްލާޙު ކުރެވުނު 14 ޖުލައި 2016

އެންވަޔަރަންމަންޓް ޑިޕާޓްމަންޓުގެ މައިގަނޑު މަސައްކަތްތަކަކީ، ރާއްޖޭގެ ތިމާވެށީގެ ޙާލަތު ވަޒަންކޮށް ބަލަމުން ގެންދިޔުމާއި، ތިމާވެއްޓާބެހޭ ސިޔާސަތުތައް އެކަށައަޅައި، ކަމާބެހޭ ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ޤަވާޢިދުތަކާއި އުޞޫލުތައް ހަދައި ހިންގުމާއި، ތިމާވެށި ރައްކާތެރިކުރުމަށް އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއި ދައުރު ފުޅާކޮށް، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ޙިމާޔަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ދިވެހިރާއްޖެއާއި ދިވެހިރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެމޭ އަސަރުތައް ކުޑަކުރުމަށް ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފެންވަރުގައި ވަކާލާތުކޮށް އަޑުއުފުލައި، އ.ދ. އާއި ބޭރުގެ ޖަމްޢިއްޔާތަކުން ރާއްޖޭގައި ކުރުމަށް ހުށަހަޅާ ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރާވާ ހިންގުމާއި ރާއްޖެއިން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން ކުރަންޖެހޭ ކަންތައްތަކާއި ރާއްޖެ ބައިވެރިވާ ޖަމްޢިއްޔާތަކާބެހޭ ކަންތައްތައް ކުރުމާއި އިންސާނީ ވަޞީލަތް ޤައުމީ ފެންވަރެއްގައި ބިނާކޮށް ތަރައްޤީކުރުމާއި ތިމާވެށި ރައްކާތެރިކުރުމާބެހޭ ޤައުމީ މަޖިލީހުގެ އިދާރީ ކަންކަން ހިންގާ ބެލެހެއްޓުމެވެ.

ޑިޕާޓުމެންޓު ޓީމު