ރައްކާތެރި ގޮތުގައި ކުނިމެނޭޖް ކުރުމަށް، މާލޭގެ ގޭބީސީތަކުގައި ދިރިއުޅޭފަރާތްތަކުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި “ކުނިން ނަފާ” މިނަމުގައި ހިންގާ ތަމްރީން ޕްރޮގުރާމެއް މިއަދު ފެށިއްޖެއެވެ. މިއީ މާލެސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންނަށް ޚާއްޞަކުރެވިގެން މިނިސްޓްރީއާއި ވެމްކޯ ގުޅިގެން ހިންގާ ތަމްރީން ޕްރޮގުރާމެކެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިނިސްޓްރީގައި ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައި މިކަން ފަށްޓަވައި ދެއްވީ ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިޙްއާއި ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަންޞާރުއެވެ. މިދެބޭފުޅުންގެ ވާހަކަފުޅުގައި، ރައްކާތެރި ގޮތުގައި ކުނިމެނޭޖް ކުރުމަށް މާލޭގެ ގޭބީސީތަކުގައި ދިރިއުޅޭފަރާތްތަކުގެ ހޭލުންތެރިކަން އިތުރުކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނެ އެއްފަރާތަކީ މާލޭސިޓީގެ ޑަބްލިއުޑީސީ ކަން ފާހަގަކުރެއްވިއެވެ. ވީމާ މިއަދު މިފެށުނީ ވަރަށް މުހިންމު ޕްރޮގްރާމެއްކަން ފާހަގަކުރެއްވިއެވެ. “ވޭސްޓަކީ ވޭސްޓުނޫން” ކަމަށާއި އެއީ … އިތުރަށް ވިދާޅުވުމަށް