ޚަބަރު

ވޭރިއަބަލް ރިނިއުއަބަލް އެނާރޖީ ޓެކްނޮލޮޖީ އާއި ބެހޭ 5 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފި

1 އޮކްޓޯބަރ 2017

ވޭރިއަބަލް ރިނިއުއަބަލް އެނާރޖީ ޓެކްނޮލޮޖީ އާއި ބެހޭ 5 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް މިއަދު ހޮޓަލް ޖެންގައި ފަށައިފިއެވެ. މިއީ މިނިސްޓްރީ އޮފް އެންވަރަމަންޓް އެންޑް އެނާރޖީ އާއި ވޯލްޑްބޭންކް ގުޅިގެން ހިންގާ އެސްޕަޔަރ ޕްރޮޖެކްޓުގެ ކެޕޭސިޓީ ބިލްޑިންގ ކޮންޕޯނަންޓްގެ ދަށުން ހިންގޭ ޓްރޭނިންގއެކެވެ. މި ތަމްރީން ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ މިނިސްޓްރީ އޮފް އެންވަރަންމަންޓް އެންޑް އެނާރޖީ، މޯލްޑިވްސް އެނާރޖީ އޮތޯރިޓީ، ޔޫޓިލިޓީސް) އާއި ރިނިއުއަބަލް އެނާރޖީގެ ދާއިރާއާ ގުޅުންހުރި ސަރުކާރުގެ އެހެނިހެން ވުޒާރާތަކާއި ތަޢުލީމީ އަދި އަމިއްލަ މުއައްސަސާތަކަށެވެ.

މި ތަމްރީން ޕްރޮގޮރާމުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނެނީ ވޭރިއަބަލް ރިނިއުއަބަލް އެނާރޖީ ޓެކްނޮލޮޖީ އާއި ޕަވާރ ސިސްޓަމްސް ޕްލޭނިންގެ ތެރެއިން ނެޓްމީޓަރިންގ އަދި އިންޓަރކަނެކްޝަންސް އާއިބެހޭ މަޢުލޫމާތުދިނުމެވެ. މީގެ އިތުރުން ތަމްރީންގެ ބައިވެރިންނަށް ސްޓޯރޭޖް ޓެކްނޮލޮޖީސް އާއި އިލެކްޓްރިކް ވެހިކަލްސްއާއި ބެހޭ ކުޑަ ތަޢާރަފެއްވެސް ދެވޭނެއެވެ.

މި ތަމްރީން ޕްރޮގްރާމުގައި 30 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެއެވެ.