ޑިޕާޓްމަންޓްތައް

އެންވަރަންމަންޓް މެނޭޖްމަންޓް އެންޑް ކޮންސަވޭޝަން ޑިޕާޓްމަންޓް

  • އިޞްލާޙު ކުރެވުނު 15 މެއި 2026

ޑިޕާޓްމަންޓްގެ މަސައްކަތް:

ރާއްޖޭގެ ތިމާވެށްޓާއި ދިރޭތަކެތީގެ ނަސްލުތަކާއި، ދިރޭތަކެތީގެ މާހައުލުތައް ރައްކާތެރިކުރުމަށްޓަކައި ގައުމީ ސިޔާސަތުތަކާއި މިންގަނޑުތައް އެކުލަވައިލައި، އެކަމަށް ބޭނުންވާ ފަންނީ އަދި މާލީ ވަސީލަތްތައް ހޯދުމާއި، ހިމާޔަތްކުރާ ސަރަހައްދުތައް ބެލެހެއްޓުމާއި، ތިމާވެށީގެ އަގު ވަޒަންކުރުމުގެ ނިޒާމެއް ގާއިމުކުރުމާއި، ނެތިދިޔުމުގެ ބިރު އޮތް ތަކެތީގެ ވިޔަފާރި ކޮންޓްރޯލްކޮށް އެފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އިންވޭސިވް ސްޕީސީޒް ކޮންޓްރޯލްކޮށް މެނެޖް ކުރުމާއި، އައްސޭރިފަށުގެ ނުރައްކާތައް ދެނެގަނެ ތިމާވެށްޓާ ރައްޓެހި ގޮތްތަކަށް ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީއާއި ފަންނީ އެހީ ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ހޯދުމަށް މަސައްކަތްކުރުމާއި،  ރާއްޖޭގެ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ކެމިކަލްތަކާއި ތަޣައްޔަރުވުމާ ގުޅޭ ދިރާސާތައްކޮށް، ބައިނަލްއަގުވާމީ އެހީތެރިކަމާއެކު ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގުމާއި، ގްރީން ފަންޑު ހިންގުމާއި، ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކޮށް، ތިމާވެށީގެ ދާއިރާއިން ރާއްޖޭގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމެވެ.

 

ވެރިޔާ: މުޙައްމަދު ޒާހިރު، ޑިރެކްޓަރ ޖެނެރަލް

ވެރިޔާގެ މަސްޢުލިޔަތު:  އެންވަރަންމަންޓް މެނޭޖްމަންޓް އެންޑް ކޮންސަވޭޝަން ޑިޕާޓްމަންޓްގެ މެންޑޭޓުގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވާ ހިންގުން

ޑިޕާޓުމެންޓު ޓީމު