ޑިޕާޓްމަންޓްތައް

ލީގަލް

  • އިޞްލާޙު ކުރެވުނު 22 އޮކްޓޯބަރ 2023

ޑިޕާޓްމަންޓްގެ މަސައްކަތް:

ލީގަލް ސެކްޝަންގެ މައިގަނޑު މަސައްކަތަކީ، މިނިސްޓްރީގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ޤާނޫނު އެކުލަވާލުމާއި، ޤާނޫނު އިޞްލާޙުކުރުމާއި އަދި އެފަދަ ބިލްތައް ރައްޔިތުންގެ މަޖުލީހުން ހުށަހެޅުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުމާއި، ރައްޔިތުންގެ މަޖުލީހުގެ ކޮމެޓީތަކަށް ބޭނުންވާ ކަންކަމުގައި އެއްބާރުލުން ދިނުމާއި، މިނިސްޓްރީ އިން ތަންފީޛުކުރާ ޤާނޫނުތަކުގެ ދަށުން އެކުލަވާލަންޖެހޭ، ގަވާއިދުތަކާއި، ގައިޑްލައިންތަކާއި ޤާނޫނީ ލިޔެކިޔުންތައް ޤާނޫނާއި ގަވާއިދުތަކާ އެއްހަމަކޮށް އެކުލަވާލުން. މީގެ އިތުރުން، ޤާނޫނާއި ގަވާއިދާއި ޚިލާފްވާ ފަރާތްތަކާއި މެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ލަފާދިނުމާއި، މިނިސްޓްރީ އިން އެކުލަވާލާފައިވާ ގަވާއިދުތަކާ ދަށުން ކުރެވޭ ޖޫރިމަނާގެ މައްސަލަތަކާއި، އިސްތިއުނާފު މައްސަލަތައް ކުރިއަށް ގެންގޮސްފައިވާ ގޮތް ބެލައި މިނިސްޓަރަށް ލަފާއެރުވުމާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ގައުމީ އަދި ބައިނަލް އަޤްވާމީ ގޮތުން އެކުލަވާލެވޭ ޤާނޫނީ ލިޔުންތައް އެޕްރޫވްކޮށް، މޮންޓެވިޑިއޯ އޮން އެންވަޔަރަންމަންޓަލް ލޯ އާ ބެހޭ މަސައްކަތްތައް ކުރުމާއި، ތިމާވެއްޓާބެހޭ ވުޒާރާއިން ކުރާ ޤާނޫނީ ކަންކަމުގައި ޤާނޫނީ ލަފާދިނުމާއި އަދި މިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުމެވެ.

 

ވެރިޔާ: އަލްއުސްތާޛާ ފަޟީލާ އަޙްމަދު ޝަހީމް

މަސްޢުލިޔަތު: މިނިސްޓްރީގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ޤާނޫނު ގަވާއިދުތަކާއި ގައިޑްލައިންތަކާއި ޤާނޫނީ އެހެނިހެން ލިޔެކިޔުންތައް އެޕްރޫވްކުރުމާއި، ދައުލަތުގެ ފަރާތުން މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކުން ސޮއިކުރެވޭ އެއްބަސްވުންތައް އެޕްރޫވްކޮށް ޤާނޫނީ ލަފާދިނުމާއި، މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްކަށް ބޭނުންވާ ޤާނޫނީ ލަފަޔާ އާއި ޤާނޫނީ ގޮތުން ދޭންޖެހޭ ހުއްދަތައް ދިނުމާއި މިނިސްޓްރީގެ ލީގަލް ސެކްޝަން ރަވާ ހިންގުން ހިމެނެއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ޕްލެޓް ފޯމު ތަކުގައި ޤާނޫނީ ހައިސިއްޔަތުން މިނިސްޓްރީ ފަރާތުން ދައުލަތް ތަމްސީލުކޮށް ނެގޯޝިއޭޓް ކުރުމާއި، މިނިސްޓްރީގެ މަސައްކަތަކާ ގުޅިގެން މިނިސްޓަރަށް ޤާނޫނީ ލަފާ އެރުވުން.

ޑިޕާޓުމެންޓު ޓީމު