ޑިޕާޓްމަންޓްގެ މަސައްކަތް:
ޑިޖިޓަލް ޓްރާންސްފޯމޭޝަން ސްޓްރެޓަޖީ އެކުލަވާލައި ތަންފީޒުކުރުމާއި، އައިސީޓީ އިންފްރާސްޓްރަކްޗަރ އާއި ނެޓްވޯކް ސެކިއުރިޓީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އައިސީޓީ ޕޮލިސީތަކާއި ސްޓޭންޑަރޑްތައް އެކުލަވާލައި، މުރާޖަޢާކޮށް، އަދާހަމަކުރުން. މީގެ އިތުރުން، އައިސީޓީ އާއި ގުޅޭ އަހަރީ ބަޖެޓް ތައްޔާރުކުރުމާއި މާލީ ކަންކަން ބެލެހެއްޓުމާއި، އޮފީހުގެ އައިސީޓީއާ ގުޅޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި ތަންފީޒުކުރުން. އަދި އައިޓީ ވެންޑަރުންނާއި ސަޕްލަޔަރުންނާއެކު ގުޅުން ބަދަހިކޮށް އެފަރާތްތަކުން ލިބެންހުރި ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު ހޯދައި މިނިސްޓްރީގެ އައިޓީ އިންފްރާސްޓްރަކްޗަރ ކުރިއެރުވެން ހުރި މިންވަރަކުން ކުރިއެރުވުމާއި، އައިޓީ ރިސްކް މެނޭޖްމަންޓް ޕްލޭން އެކުލަވާލައި ތަންފީޒުކުރުމާއި، އައިޓީއާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް ޢަމަލުކުރާކަން ކަށަވަރުކުރުން ހިމެނެއެވެ. އައިޓީ ދާއިރާގެ އެންމެ ފަހުގެ ކުރިއެރުންތަކާ ގުޅޭގޮތުން މަޢުލޫމާތު އަޕްޑޭޓްކޮށް ބެހެއްޓުމުގެ އިތުރުން، އެ ކަންކަން ކުރިއެރުވައި، މުއައްސަސާއަށް ބޭނުންވާ އެޕްލިކޭޝަންތައް ތަރައްގީކޮށް، މުއައްސަސާގެ އިންޓްރާ ނެޓްވޯކް ތަރައްގީކޮށް ބެލެހެއްޓުން
ވެރިޔާ: މުޙައްމަދު ސާމިރު
ވެރިޔާގެ މަސްޢުލިޔަތު: ޑިޕާޓްމަންޓްތަކާއި މުވައްޒަފުންނަށް ބޭނުންވާ އައި.ޓީ އާއި ގުޅޭ އެހީތެރިކަން ފޯރުކޮށްދިމުނާއި މިނިސްޓްރީގެ އައި.ސީ.ޓީ އާއި ގުޅޭ އެންމެހާ ކަންތައްތައް ރާވާ ހިންގާ ބެލެހެއްޓުން