ޚަބަރު

ޤައުމީ ފެންވަރުގައި ފްލޭމަބަލް ރެފްރިޖަރެންޓް ގެންގުޅޭނޭ ގޮތާއި މިފަދަ ތަކެތި ރައްކާކުރާނޭގޮތާއި ގުޅޭ ވޯކްޝޮޕް ފަށައިފި

13 ފެބްރުއަރީ 2017

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި ޔޫއެން އެންވަޔަރަންމަންޓް އާއި ޗައިނާ ޓްރަސްޓް ފަންޑް ޕްރޮޖެކްޓް އާއި ގުޅިގެން ގައުމީ ފެންވަރުގައި ފްލޭމަބަލް ރެފްރިޖަރެންޓް ގެންގުޅޭނޭ ގޮތާއި މިފަދަ ތަކެތި ރައްކާކުރާނޭގޮތާއި ގުޅޭ ވޯކްޝޮޕެއް މިއަދު ފަށައިފިއެވެ. ތިން ދުވަހަށް ކުރިއަށްދާނެ މި ވަރކްޝޮޕްގެ މަޤްސަދަކީ މިހާރު މިފަދަ ގޭސްތައް ބޭނުންކުރުމުގައި ގެންގުޅޭ އުސޫލުތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް އެތަކެތި ސާރވިސްކުރާނެ ގޮތުގެ ތަމްރީން ދިނުމެވެ.

މިއަދު ހެނދުނު މޯލްޑިވްސް ޕޮލިޓެކްނިކް ގައި ވަރކްޝޮޕް ފެށުމުގެ ޖަލްސާގައި ވަހާކަފުޅުދައްކަވަމުން، ސްޓޭޓް މިނިސްޓަރ އަބްދުﷲ ޒިޔާދު، ދިވެހިރާއްޖޭގައި އެޗް.ސީ.އެފް.ސީ ފޭސް އައުޓް ކުރުމަށް ކުރިއަށް ގެންދާ ތަފާތު މަސައްކަތްތަކަށް ތައުރީފްކުރައްވާ އަދި މިފަދަ ވަރކްޝޮޕްތައް ކެނޑިނޭޅިކުރިއަށްދާ ދިޔުން ފާހަގަ ކުރެއްވިއެވެ. އަދި މި މަސައްކަތުގައި ޔޫއެން އެންވަޔަރަންމަންޓް އަދި ޗައިނާ ޓްރަސްޓް ފަންޑް ބައިވެރިވެ އެފަރާތުން ފޯރުކޮށްދެއްވާ އެހީއާއި ލަފާއަށްޓަކައި ޝުކުރު އަދާ ކުރެއްވިއެވެ.

މި ވަރކްޝޮޕް ގައި ކަމާގުޅޭ ދާއިރާތަކުން ޖުމްލަ 39 މީހުން ބައިވެރިވެއެވެ.