ޚަބަރު

‘އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ އެކްސްޕޯ 2017’ ގެ ނަމުގައި މައުރަޒެއް ފަށައިފި

14 އޯގަސްޓް 2017

ިނިސްޓްރީ އޮފް އެންވަރަރަންމަންޓް އެންޑް އެނަރޖީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ގުޅިގެން ‘އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ އެކްސްޕޯ 2017’ ގެ ނަމުގައި މައުރަޒެއް ފަށައިފިއެވެ. މި މަހުގެ 16-14 އަށް ދަރުބާރުގޭގައި ކުރިޔަށްގެންދާ މި މައުރަޒު ހުޅުވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް ޠާރިޤް އިބްރާހީމެވެ.

މި މައުރަޒަކީ 2011 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް އެޗް.ސީ.އެފް.ސީ ގޭސް އެތެރެކުރުން ކޮންޓްރޯލްކުރަން ފެއްޓުމާއިއެކު، ދުނިޔޭގެ ބާޒާރުގައި ލިބެންހުރި ތިމާވެއްޓާއި ރައްޓެހި ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ އުފެއްދުންތައް ދައްކާލުމަށްޓަކައި އެކި ޤައުމުތަކުގައި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓްގެ އެހީއާއިއެކު ބާއްވާ މައުރަޒެކެވެ. މިގޮތުން 2011 ވަނަ އަހަރު މިފަދަ ވަރަށް ކާމިޔާބު މައުރަޒެއް ދިވެހިރާއްޖޭގައިވަނީ ބާއްވާފައެވެ. ފާއިތުވެދިޔަ މައުރަޒެކޭ އެއްފަދައިން މިއަހަރުގެ މައުރަޒުގައިވެސް ޔޫރަޕްގެ ޤައުމުތަކާއި، ޖަޕާން އިންޑިޔާ، ސިންގަޕޫރު އަދި ޗައިނާ ފަދަ ޤައުމުތަކުން ވަނީ ބައިވެރިވެފައެވެ.

އާއްމުންނަށް ހުޅުވާލައިގެން ބޭއްވި މި މައުރަޒުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ތިމާވެށްޓާއި ރައްޓެހި ރެފްރިޖިރޭޝަން އަދި އެއަރ ކޮންޑިޝަނިންގ އުފެއްދުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އެކްސްޕޯއާއިއެކު މިނިސްޓަރުންގެ ހައި ލެވަލް ބައްދަލުވުމަކާއި މަސްވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، ފުޑް ޕްރޮސެސިންގ ދާއިރާ އަދި ކޮންސްޓްރަކްޝަން ދާއިރާއަށް ހާއްސަކޮށް ވަކިވަކި މަޝްވަރާ ބައްދަލުވުންތައް ވަނީ ބާއްވާފައެވެ.