ޚަބަރު

ރޭންޖަރސް ޓްރޭނިންގ ވަރކޮޝޮޕް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފި

24 އޯގަސްޓް 2017

“އެކްސެލެންސް އިން ފިލްޑް މެނޭޖްމަންޓް އޮފް ނެޓުރަލް ރިސޯސަސް- ޓެކްނިކަލް ޓްރެއިނިންގ ފޮރ ރޭންޖަރސް” ގެ ނަމުގައި ބ. އޭދަފުށީގައި ބޭއްވި ވަރކްޝޮޕް ނިމި ވަރކްޝޮޕްގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި ތިބި އައިލެންޑް އަދި މެރިން ޕްރޮޓެކްޓެޑް އޭރިއާ މެނޭޖަރުންނަށް ރަށްރަށާއި ފަރުތައް މެނޭޖްކުރުމުގެ ތިއަރީއަށް އަހުލުވެރިކުރުމެވެ.

މި ވަރކޮޝޮޕްގައި ބ. އަތޮޅު ބަޔޯސްފިއަރ ރިޒަރވް ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އައްޑޫ އަދި ފުވައްމުލަކިގައި ޤާއިމުވެތިބޭ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީކެޕް) ގެ ރޭންޖަރސް ގެ އިތުރުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ) އިން މުޅި އެއްކޮށް 15 ބައިވެރިން ވަނީ ބައިވެރިވެފައެވެ.