ޚަބަރު

2018 ވަނަ އަހަރު ދިވެހިރާއްޖެއަށް އެޗް.ސީ.އެފް.ސީ އެތެރެކުރުމަށް ކޮންޓްރެކްޓް އެގްރީމަންޓްގައި މިއަދު ސޮއިކޮށްފި

25 ޑިސެމްބަރ 2017

2018 ވަނަ އަހަރު ދިވެހިރާއްޖެއަށް އެޗް.ސީ.އެފް.ސީ ގޭސް އެތެރެކުރުމަށް ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހެޅުއްވި ފަރާތްކަމުގައިވާ ބްރައިޓް ބްރަދާސް އާއިއެކު 2018 ވަނަ އަހަރު ދިވެހިރާއްޖެއަށް އެޗް.ސީ.އެފް.ސީ އެތެރެކުރުމަށް ކޮންޓްރެކްޓް އެގްރީމަންޓްގައި މިއަދު ސޮއިކޮށްފިއެވެ. 2018 ވަނަ އަހަރު ދިވެހިރާއްޖެއަށް އެޗް.ސީ.އެފް.ސީ އެތެރެކުރުމުގެ ހުއްދަލިބެނީ ހަމައެކަނި ބްރައިޓް ބަރަދާސް އަށެވެ. މިއަހަރު ދިވެހިރާއްޖެއަށް އެޗް.ސީ.އެފް.ސީ ގޭސް އެތެރެކުރުމަށް ކަނޑައަޅާފައިވާ ކޯޓާ އަކީ 22 މެޓްރިކްޓަނެވެ.

06 ޑިސެމްބަރ 2015 ގައި އާންމުކުރެވިފައިވާ “އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ޤާނޫނު” ގެ ދަށުން އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ބްލެންޑްސް ވިއްކާ އަދި ސާރވިސް ދިނުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ހުއްދައެއް ހޯދަންވާނެއެވެ.