ޚަބަރު

ދިވެހި ގަރލްގައިޑުންނާއި ސްކައުޓުންނަށް އެނަރޖީ އެފިޝަންސީއާބެހޭ ޓޫލްކިޓެއް ތައްޔާރުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

4 އޯގަސްޓް 2016

ދިވެހި ގާރލްގައިޑުންނާއި ސްކައުޓުންނަށް އެނަރޖީ އެފިޝަންސީ އާއި ބެހޭ ޓޫލްކިޓެއް ތައްޔާރުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނެންޓް ސެކްރެޓަރީ އަލްފާޟިލް އަޖްވަދު މުސްތަފާއެވެ. ނުވަދިހަ އަށް ހާސް ރުފިޔާގެ އަގު ހުރި މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޑރ. ސިމާދު ސައީދާ އެވެ. މި މަސައްކަތް ނިންމަން ހަމަޖެހިފައި ވަނީ ހަތަރެއް ޑިސެމްބަރު 2016 އަށެވެ.

މި މަސައްކަތަކީ “ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް” މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މިއީ މިމިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) އެހީގެ ދަށުން، ކުރިއަށް ގެންދާ މަޝްރޫއެކެވެ.