މަޝްރޫޢު

ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބްލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް)

2 އޯގަސްޓް 2016

އޭ.ޑީ.ބީ. އާއި ދިވެހި ސަރުކާރު ގުޅިގެން، ދިވެހިރާއްޖޭގެ ރަށްތަކުގައި މިހާރުވެސް ބޭނުންކުރަމުން އަންނަ ހަކަތައިގެ ގްރިޑްތައް ޢިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކަކާއި އެއްކޮށްލައިގެން ހައިބްރިޑް ހަކަތައިގެ ސިސްޓަމްތަކެއް ޤާއިމުކުރުމަށް މިއަންނަނީ މަސައްކަތްކުރަމުންނެވެ. “ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބްލް އެނަރޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓު” (ޕޮއިސްޑް) ގެ ދަށުން ހަކަތަ ބޭނުންކުރާގޮތް ބަލަހައްޓައި ކޮންޓްރޯލު ކުރެވޭނޭ ސިސްޓަމުތަކެއް ދަނީ ޤާއިމުކުރެވެމުންނެވެ. މީގެ ތެރޭގައި ހަކަތަ އުފެއްދުމަށް ބޭނުންކުރަމުން އަންނަ ޑީސަލް ތެޔޮ ބޭނުންކުރުން ވަރަށް ބޮޑުތަން މަދުކުރުމަށްޓަކައި ހަކަތަ ރައްކާކުރާނޭ ވަޞީލަތްތަކާއި ޑިސްޓްރިބިއުޝަން ނެޓްވަރކްތައް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެެވެ. މިގޮތުން އިރުގެ އައްޔާއި ޑީސަލްތެޔޮ ބޭނުންކުރާ ހަކަތައިގެ ގްރިޑަށް ބޭނުންވާ އާލާތްތައް 160 ރަށެއްގައި ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުގެދަށުން ޑީސަލް ބޭނުންކުރާ ޤާބިލުކަން ކުޑަ ހަކަތައިގެ ގްރިޑުތައް، ޢިއާދަކުރަނިވި ހަކަތައާއި ޑީސަލް ބޭނުންކުރާ ގްރިިޑުތަކަކަށް ބަދަލުކުރެވިގެންދާނެއެވެ. މީގެ ބޭނުންތަކުގެ ތެރޭގައި ކަރަންޓުގެ ޚަރަދު ކުޑަކުރުމާއި، ޖައްވަށް ބޭރުކުރާ ދުމުގެ ބައި ކުޑަކުރުމާއި ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި ކުރަންޖެހޭ ހޭދަ ކުޑަކުރުން ހިމެނެއެވެ.

މަޝްރޫޢުގެ ވެދިޔަތަން

16 އޯގަސްޓް 2016

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގާ #ޕޮއިސްޑް މަޝްރޫޢުގެ ދަށުން #އައްޑޫސިޓީ ގައި އިރުގެ އަލިން ހަކަތަ އުފައްދާ ފޮޓޯ ވޮލްޓައިކް ސިސްޓަމުތައް ހަރުކުރުމުގެ %90 މަސައްކަތް ނިންމާލެވިފައި.

11 އޯގަސްޓް 2016

8 މެގްވޮޓުގެ ޖެނެރޭޓަރު ސެޓެއް ހޯދުން

މި މަޝްރޫޢުގެ 2 ވަނަ ފިޔަވަހީގެ ދަށުން 8 މެގަވޮޓުގެ ޖަނަރޭޓަރު ސެޓެއް މާލޭގެ އިންޖީނުގެއަށް ހޯދުމަށްޓަކައި ވަނީ ބީލަމަށް ލެވިފައި. މީގެ މަޤުޞަދަކީ މާލެއަށް ބޭނުންވާ ކަރަންޓު އުފެއްދުން ހަރުދަނާކޮށް އަދި އަންދަންޖެހޭ ޑީސަލް މަދުކުރުން. މީގެ އިތުރުން ޢިއާދަކުރަނިވި ހަކަތައިން ބޮޑު ބައެއް ގްރިޑަށް ފީޑުކުރުމުގެ ޤާބިލުކަން އިތުރުކުރުން ހިމެނޭ.

24 އޮކްޓޯބަރ 2016

5 ރަށެއްގައި ޖަނަރޭޓަރު ސެޓު ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރުން

މި އެއްބަސްވުމުގައި ސޮރިކުރެވުނީ ސްރީލަންކާގެ އެލް.ޓީ.އެލް. ޕވޓ ލޓޑ އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާ ދެމެދު. މި އެއްބަސްވުމުގެ ދަށުން ފިޔަވަހި 1 ގައި ޖެނެރޭޓަރު ސެޓު ބެހެޓޭނީ. ތ. ބުރުނީ، ބ. ގޮއިދޫ، ގއ. ވިލިނގިލި، ޅ. ކުރެންދޫ އަދި އައްޑޫ ސިޓީގައި. އައްޑޫ ސިޓީގައި ޚިދުމަތް ދެމުން ގެންދަނީ ފެނަކަ ކޯޕޮރޭޝަނުން.

މަޝްރޫޢު ބަލަހައްޓާ ފަރާތް