“ބިލްޑިންގ ކްލައިމެޓް ރެސިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް” މަޝްރޫޢުގެ ދަށުން، ގިރާސަރަހައްދު ޙިމާޔަތްކުރުމަށް ކަނޑައަޅާފައިވާ 4 ރަށުގެ “ޑީޓެއިލްޑް ޑިޒައިން” ތައްޔާރުކުރުމަށް ކޮންސަލްޓަންޓާއެކު އެއްބަސްވުމުގައި ސޮއިކުރުން.
“ބިލްޑިންގ ކްލައިމެޓް ރެސިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް” މަޝްރޫޢު އަކީ، ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕާރޭޝަން އެޖެންސީ (ޖައިކާ) ގެ ހިލޭއެހީގައި، ޖައިކާއާއި ދިވެހި ސަރުކާރާގުޅިގެން ހިންގާ މަޝްރޫޢުއެކެވެ. މި މަޝްރޫޢު ހިންގުމަށް، 2023 ވަނަ އަހަރު، ޖައިކާއާއެކު ދިވެހިސަރުކާރުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤުސަދަކީ، ދެމެހެއްޓެނިވިގޮތެއްގައި ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް މަސައްކަތްކުރުމެވެ. މި މަޝްރޫޢުގެ … އިތުރަށް ވިދާޅުވުމަށް
























