ޑިޕާޓްމަންޓްގެ މަސައްކަތް:
ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލު ޑިޕާޓްމަންޓުގެ މައިގަނޑު މަސައްކަތަކީ މި ދާއިރާ ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ކަނޑައަޅަންޖެހޭ ސިޔާސަތުތައް އެކުލަވާލުމުގައި އެހީތެރިވެ ލަފާދިނުމާއި އެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ސްޓެރެޓަޖީތައް އެލުލަވާލުމާއެކު މި ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށްޓަކައި ހަދަންޖެހޭ ޕްލޭންތައް ހެދުމެވެ. އަދި ދާއިރާއަށް ބޭނުންވާ ގާނޫނީ އޮނިގަނޑާއި މިންގަނޑުތައް އެކުލަވާލުމުގެ އިތުރުން މި ދާއިރާ ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލާ އެއްގޮތަށް ކުރިއެރުވުމަށްޓަކައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ގުޅުން ބަދަހިކުރުމާއި މި ދާއިރާއަށް އެކި ދިމަދިމާއިން ލިބެންހުރި ތަފާތު އެހީތަކަކީ ކޮބައިތޯބަލައި އެ އެހީތައް ރާއްޖެއަށް ގެނައުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުންވެސް މި ޑިޕާޓްމަންޓުގެ މަސައްކަތްތަކުގެތެރޭގައި ހިމެނެއެވެ. އަދި މީގެ އިތުރުން ފުޅާ ދާއިރާއެއްގައި ކުނި މެނޭޖުކުރުމުގެ ރޮނގުން މީހުން ހޭލުންތެރިކުރުމަށްޓަކައި ތަފާތު ޕްރޮގްރާމުތަކާއި ކެމްޕޭނުތައް ހިންގުމާއި ކުނި މެނޭޖުކުރުމުގެ ތަފާތު ދާއިރާތަކުން އިންސާނީ ވަޞީލަތް ބިނާކުރުމާއި ދާއިރާއިން ތަފާތު ދިރާސާތައް ކުރުމާއި ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ އަސަރުތަކާއި އަދި އޭގެ ސަބަބުން ތިމާވެށި ކިލަނބުވެ ތަޣައްޔަރުވަމުންދާ ކަންތައްތައް ހުއްޓުވޭނެ ގޮތްތައް ހޯދައި ދެނެގަނެ އެކަންތައްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ދާއިރާއާއި ގުޅުންހުރި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުޢާހަދާތަކުގެ ދަށުން ރާއްޖޭގައި ތަންފީޒުކުރަންޖެހޭ ކަންކަން ކުރުމަކީ މި ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.
ވެރިޔާ: އަޙްމަދު މުރުތަޟާ، ޑިރެކްޓަރ ޖެނެރަލް
މަސްޢުލިއްޔަތު: ޑިޕާޓްމަންޓްގެ މެންޑޭޓުގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވާ ހިންގުން.