ޑިޕާޓްމަންޓްތައް 13 ޕޯސްޓް

ކޯޕޮރޭޓް

  • އިޞްލާޙު ކުރެވުނު 25 ޖުލައި 2016
  • 10 މުވައްޒަފުން

ކޯޕޮރޭޓް މެނޭޖްމަންޓް ސެކްޝަނުގެ މައިގަނޑު މަސައްކަތްތަކަކީ، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ ޗެޕްޓަރ 7ން ޕަރމަނަންޓް ސެކްރެޓަރީ ކުރުމަށް ލާޒިމުކުރާ ކަންތައްތަކުގެތެރެއިން ސަރުކާރުގެ ރަސްމީ އޮނިގަނޑުން މިނިސްޓްރީއަށް ކަނޑައަޅާފައިވާ މެންޑޭޓު ތަންފީޒުކުރުމަށް ކުރަންޖެހޭ ފައިސާއާއި މުދަލާބެހޭ އެންމެހާ ކަންތައްތަކާއި، އިދާރީ ކަންކަމާއި، މުވައްޒަފުންނާާގުޅޭ ކަންކަން ރާވައި ހިންގާ، މޮނީޓަރކޮށް ބެލެހެއްޓުމެވެ. މީގެ އިތުރުން މިނިސްޓްރީގެ ޑިޕާޓްމަންޓުތައް ހިންގުމަށް ބޭނުންވާ އެންމެހާ ކަންކަމުގައި އިދާރީގޮތުން ދޭންޖެހޭ އެހީތެރިކަންދީ މޮނީޓަރކޮށް ބެލެހެއްޓުމެވެ.

ކްލައިމެޓް ޗޭންޖު

  • އިޞްލާޙު ކުރެވުނު 14 ޖުލައި 2016
  • 5 މުވައްޒަފުން

ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުގެ މައިގަނޑު މަސައްކަތަކީ ކްލައިމެޓް ޗޭންޖް، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓުގެ ދާއިރާއިން ހަދަންޖެހޭ ސިޔާސަތުތަކާއި ފްރޭމްވަރކްތައް އެކުލަވާލުމާއި ދެންނެވިފައިވާ ދާއިރާތަކުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް ފަންނީ އަދި މާލީ އެހީ ހޯދުމުގެ މަސައްކަތްކުރުމާއި، ދެންނެވިފައިވާ ދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

އެނަރޖީ

  • އިޞްލާޙު ކުރެވުނު 14 ޖުލައި 2016
  • 9 މުވައްޒަފުން

އެނަރޖީ ޑިޕާޓްމަންޓުގެ މައިގަނޑު މަސައްކަތަކީ ހަކަތައިގެ ދާއިރާއިން ހަދަންޖެހޭ ސިޔާސަތުތަކާއި ފްރޭމްވަރކްތައް އެކުލަވާލުމާއި ދެންނެވިފައިވާ ދާއިރާތަކުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް ފަންނީ އަދި މާލީ އެހީ ހޯދުމުގެ މަސައްކަތްކުރުމަށް އުފެއްދުމާއި ދެންނެވިފައިވާ ދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

އެންވަޔަރަންމަންޓް

  • އިޞްލާޙު ކުރެވުނު 14 ޖުލައި 2016
  • 14 މުވައްޒަފުން

އެންވަޔަރަންމަންޓް ޑިޕާޓްމަންޓުގެ މައިގަނޑު މަސައްކަތްތަކަކީ، ރާއްޖޭގެ ތިމާވެށީގެ ޙާލަތު ވަޒަންކޮށް ބަލަމުން ގެންދިޔުމާއި، ތިމާވެއްޓާބެހޭ ސިޔާސަތުތައް އެކަށައަޅައި، ކަމާބެހޭ ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ޤަވާޢިދުތަކާއި އުޞޫލުތައް ހަދައި ހިންގުމާއި، ތިމާވެށި ރައްކާތެރިކުރުމަށް އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއި ދައުރު ފުޅާކޮށް، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ޙިމާޔަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ދިވެހިރާއްޖެއާއި ދިވެހިރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެމޭ އަސަރުތައް ކުޑަކުރުމަށް ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ … އިތުރަށް ވިދާޅުވުމަށް

ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލު

  • އިޞްލާޙު ކުރެވުނު 14 ޖުލައި 2016
  • 9 މުވައްޒަފުން

ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލު ޑިޕާޓްމަންޓުގެ މައިގަނޑު މަސައްކަތަކީ މި ދާއިރާ ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ކަނޑައަޅަންޖެހޭ ސިޔާސަތުތައް އެލުލަވާލުމުގައި އެހީތެރިވެ ލަފާދިނުމާއި އެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ސްޓެރެޓަޖީތައް އެލުލަވާލުމާއެކު މި ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށްޓަކައި ހަދަންޖެހޭ ޕްލޭންތައް ހެދުމެވެ.  މި ދާއިރާ ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލާ އެއްގޮތަށް ކުރިއެރުވުމަށްޓަކައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ގުޅުން ބަދަހިކުރުމާއި މި ދާއިރާއަށް … އިތުރަށް ވިދާޅުވުމަށް

ވޯޓަރ އެންޑް ސެނިޓޭޝަން

  • އިޞްލާޙު ކުރެވުނު 14 ޖުލައި 2016
  • 7 މުވައްޒަފުން

މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ފެނާއި ނަރުދަމާގެ ޚިދުމަތްތަކުގެ ތެރެއިން މި ސެކްޝަނުގެ ފަރާތުން 2013ވަނަ އަހަރު އަތޮޅުތަކުގެ ރަށްރަށުގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށްޓަކައި ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، ނަރުދަމާ ނިޒާމު ޑިޒައިންކުރުމާއި، ޓެންޑަރ ޑޮކިޔުމަންޓްސް ތައްޔާރުކުރުމުގެ މަސަައްކަތް ކުރެވިފައިވެއެވެ. މިގޮތުން ނަރުދަމާ ނިޒާމު ޤާއިމުކުރުމަށްޓަކައި މިކަމަށް ބޭނުންވާނެ ކޮންސަލްޓަންޓުން ހޯދައި އެފަރާތްތަކާ ގުޅިގެން އެ މަސައްކަތް ހިންގާފައިވެއެވެ. އަދި ސެކްޝަނުން ކުރިއަށްގެންދާ ފެނާއި ނަރުދަމާއާއި ބެހޭ މަޝްރޫޢުތަކުގެ މަޢުލޫމާތު ސަރުކާރުގެ މުއައްސަސާތަކަށާއި … އިތުރަށް ވިދާޅުވުމަށް

ލީގަލް

  • އިޞްލާޙު ކުރެވުނު 22 އޮކްޓޯބަރ 2023
  • 4 މުވައްޒަފުން